ރިޔާސީ އިންތިހާބު ބޭއްވުމުގެ އުސޫލު ބަދަލުކުރަން ސަރުކާރުން މަސައްކަތް ކުރަނީ ވިރާސީ ރަސްކަމެއް ގެނައުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެގެން ވަގުތު ދެވިއްޖެ ކަމަށާއި ނަމަވެސް ސަރުކާރުގެ އަމާޒު ހުރީ ރަސްކަމަކާ ދިމާލަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބާބެހޭ ފެންނަ ނުފެންނަ ވޯޓަކަށް ދާން އުޅެނީ އެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ބުރުން ރިޔާސީ އިންތިހާބު ނަންގަވާ ވާހަކަ. މިއީ ނުބައި ސިގްނަލެއް. މީގައި ބޭނުމަކީ ވޯޓު ފޮށިތައް އަނެއްކާވެސް މާލެއަށް ގެނެސް, އޮޅުވާލާނެ ކުރީގެ އެ ނިޒާމަށް އަނބުރާ ދިއުން. މިކަންކަމަށް އަޅުގަނޑުމެންނަށް މަޑަކުން ނުތިބެވޭނެ." ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ އިންތިހާބުތަކާބެހޭ ކަންކަމަށް ބަދަލުތައް ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަނީ ސަރުކާރާއެކު ރައްޔިތުންގެ މަޖިލިސް ވެސް ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ކަމަށެވެ. އަދި އެ ބަދަލުތައް އެ ގެނައުމަށް އެމްޑީޕީން އެއްބަސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީކީ އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް ދޫކޮށްލައިގެން ތިބެވޭނެ ކަމެއް ނޫން." ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމެއް ނެތި ސަރުކާރުން މިހާރު ދައްކަނީ އެހެން މެނިފެސްޓޯއެކެވެ. އަދި ހަރަދުތައް ކުޑަ ކުރުމުގެ ނަމުގައި އިންތިހާބީ ނިޒާމު ބަދަލު ގެންނަން އުޅޭއިރު, އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައްޔާޒް ވިދާޅުވީ މި ސަރުކާރަކީ ބީރު ސަރުކާރެއް ކަމަށާއި ގައުމުގެ ވިޔަފާރިތައް ފުނޑިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތީ އެމްޑީޕީއަށް ކަމަށާއި ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ބަދަލު ކުރަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ވެރިކަމަށް އަންނަ ބަޔަކު ބޭނުންގޮތަކަށް ސަރުކާރުގެ ފައިސާ ޚަރަދު ނިޒާމް އަކަށް ވުރެ ވިރާސީ ވެރިކަމެއް އަޅުގަނޑަށް މާރަނގަޅު އޭރުން އެއްބަޔަކު ކާލަކާލާ އުމުރު ދުވަހަށް ތިބޭނެތާ
ެައަހުމަދު