ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށާއި މި ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި 2015ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ "ސްޕޯޓްސް ކޯޕަރޭޝަން" އުވާލުމަށް ނިންމައިފިއެވެ.
މިކަން ހާމަ ކޮށްފައި ވަނީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ދައުލަތުގެ ބަޖެޓު" ފޮތުގައެވެ. އެ ފޮތުގައި ވަނީ ސަރުކާރު ހިއްސާ ކުންފުނިތަކުގެ ފިސްކަލް ހިރާސް ކުޑަ ކުރުމަށާއި ސިނާޖީތައް ހާސިލް ކުރުމަށްޓަކައި އަންނަ ބައެއް ކުންފުނިތައް އެއްކޮށްލައި އަނެއް ބައި ކުންފުނިތައް، އުވާލުމަށް ނިންމައިފައެވެ.
ބަޖެޓު ފޮތުގައިވާ ގޮތުގައި ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމަށް ވަނީ ނިންމައިފައެވެ.
ބަޖެޓު ފޮތުގައި ބުނެފައިވާ ގޮތުގައި އެ ކުންފުންޏަކީ އުފެދުނު ދުވަހުން ފެށިގެން ވެސް އާމްދަނީ ލިބޭނެ އެކަށީގެންވާ ގޮތެއް ހޯދިފައި ނުވާ އަދި އެކުންފުނި ހިންގަމުން އަންނަ ގޮތަށް ބަލާއިރު އެކަށީގެންވާ ނަތީޖާއެއް ހާސިލުވެދާނެ ގޮތަށް ހިންގަމުން އަންނަ ކުންފުންޏެއްގެ ގޮތުގައި ނުބެލެވޭ ކަމަށްވެއެވެ.
އެކުންފުނި ހިންގުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް އެތައް މިލިއަން ރުފިޔާއެއް ހަރަދު ކުރަން ޖެހޭކަން ފާހަކޮށް އެއީ ބޮޑު "އިސްރާފެއް"ގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ ސަރުކާރުން ވެސް ވަނީ ސްޕޯޓްސް ކޯޕަރޭޝަން އުވާލުމުގެ މަސައްކަތް ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ