ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންގެ މެޖޯރިޓީ އޮންނަ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ބިލު މަޖިލީހަށް ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނެވެ. އޭނާ ހުށަހެޅުއްވި މި ބިލުގައި ބުނެފައި ވަނީ އެ ބިލުގެ މަގުސަދަކީ ރާއްޖޭގެ ނޫސްވެރިކަން ކުރިއަރުވައި ތަރައްގީ ކުރުން ކަމަށެވެ. އަދި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓާ ބްރޯޑްކާސްޓް މީޑިއާ ހިމެނޭހެން މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކާއި ނޫސްވެރިންގެ ޒިންމާދާރުކަން އިތުރުކޮށް ބަލަހައްޓާނެ މިނިވަން އިދާރީ ނިޒާމެއް ގާއިމް ކުރުމަކީ ވެސް މި ބިލުގެ މަގުސަދެކެވެ.
ބިލުގައި ބުނެފައި ވަނީ ބިލު ފާސްވެ ގާނޫނަކަށް ބަދަލުވުމާއެކު ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް އުވިގެން ދާނެ ކަމަށެވެ. އަދި އެ ދެ މުއައްސަސާގެ މުވައްޒަފުން އަލަށް އުފެދޭ ކޮމިޝަނުގެ މުވައްޒަފުންގެ ގޮތުގައި ބެލެވިގެން ދާނެ ކަމަށަ ވެސް ބުނެފައިވެއެވެ.
އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެވެން ދެން، ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެންބަރުންގެ ކޮމެޓީ އަކުންނެވެ.
މި ބިލުގައި ބުނެފައި ވަނީ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށް ކަމަށާއި މީގެތެރެއިން ހަތަރު މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާއިރު ބާކީ ތިބި ތިން މެންބަރުންނަކީ މީޑިއާތަކުން އިންތިހާބު ކުރާ ތިން މެންބަރުން ކަމަށެވެ. ކޮމިޝަނުގެ ރައީސާ ނާއިބު ރައީސް އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
އިންތިހާބު ކުރާ މެންބަރުން، ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އިންތިހާބު ކުރަންޖެހޭނެއެވެ. އެ އިންތިހާބާ ގުޅޭ ހުރިހާ ކަމެއް ކުރާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.
ފަސް އަހަރުގެ ދައުރެއް އޮންނަ މި ކޮމިޝަނުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ޕޭ ކޮމިޝަނުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ