އއ. މަތިވެރީގައި ލޯބިވެރިޔާއަށް ބިރު ދައްކައި، ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މަތިވެރި ޕްލިސް ސްޓޭޝަންގައި މަސައްކަތް ކުރާ، އެ ރަށު ފަޒާ، ޒައިދާން މުހައްމަދު، 19އ، އެވެ. އޭނާއަކީ ރެކްރޫޓް ފުލުހެކެވެ.
ފުލުހުން ބުނީ އޭނާގެ ލޯބިވެރިޔާއަށް ބިރު ދައްކައި އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުކޮށްލާނެ ކަމަށް ބުނެ ބިރު ދެއްކި މައްސަލާގައި އިއްޔެ އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މަތިވެރި މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރު ކުރުމުން ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައިވެއެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި