އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ޕްރޮގްރާމުގައި ރައީސް އޮފީހާއި މަޖިލިސް އިދާރާގެ އިތުރުން ބައެއް އެހެން މިނިސްޓްރީތަކާއި މުއައްސަސާތަކުގެ މުވައްޒަފުން އިންޑިއާ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިފަހަރުގެ އައިޓެކް ޕްރޮގްރާމުގައި ރައީސް އޮފީހާއި މަޖިލިސް އިދާރާގެ އިތުރުން ޕްރޮސިކިއުޓަރު ޖެނެރަލް އޮފީހާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން އޮފީސް އަދި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
އައިޓެކް ޕްރޮގްރާމާއެކު ބައިވެރިއެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. މީގެ ކުރިން އޮތީ ރާއްޖެއިން ކޮންމެ އަހަރަކު ވެސް 50 މީހުންނަށް ބައިވެރިވެވޭ ގޮތަށެވެ. ނަމަވެސް މިދިޔަ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު އެ އަދަދު 200 އަށް އިތުރުކުރިއެވެ.
އިންޑިއާ އިން ވަނީ މިއަހަރު އެ އަދަދުގެ އިތުރުން، އިތުރު 100 ޖާގަ ރާއްޖެ އަށް ދީފައެވެ.
އެ ޕްރޮގްރާމުގެ މައިގަނޑު ބޭނުމަކީ އަވަށްޓެރި ގައުމުތަކުގައި ކެޕޭސިޓީ ބިލްޑް ކުރުމާއި ހުނަރުތައް ދަސްކޮށްދީ ކުރިއެރުވުމެވެ. 1964 ވަނަ އަހަރު އުފެއްދި އައިޓެކް ގައި 160 އަށް ވުރެ ގިނަ ގައުމުތަކުން ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ އެކި ޕްރްގާރްމާތަކުގައި ބައިވެރިވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ