ސިޔާސީގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން ސިނާއަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުން ނޫން ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރު ފައިސާ އާއި ބެހޭ ގަވާއިދާއި މަނީ ޗޭންޖިން ވިޔަފާރިއާއި ބެހޭ ގަވާއިދަށް ބަދަލުތައް ގެނައުމުގައި ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ނުކޮށް ސަރުކާރުން ކަންކަން ކުރަން އުޅުމުން ފެންނަމުން ދަނީ އެންމެ ބޮޑު ސިނާއަތަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާތަން ކަމަށެވެ.
"އިގްތިސާދުގެ މައިބަދައަކީ ކޮންމެ ގައުމެއްގައިވެސް ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ ވިޔަފާރިތައް ކަމަށްވާއިރު ސަރުކާރުތަކުން ވިޔަފާރީ އާއި ގުޅުންހުރި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންވާނީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ކަމުގައިދެކެން،" ޝާހިދު ވިދާޅުވިއެވެ.
އެފަރާތްތަކާއި މަޝްވަރާކޮށް ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި އެހެންކަމުން މަޝްވަރާ އިސް ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ ޓޫރިޒަމް ދާއިރާ އިން ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާތައް ރާއްޖޭގެ ބޭންކުތަކަށް ޖަމާކޮށް, މާރުކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދު ބަދަލު ކުރުމަށް ރާއްޖޭގެ މަޝްހޫރު ބައެއް ރިސޯޓު ހިންގާ ވިޔަފާރިވެރިން ސަރުކާރުގައި އެދިފައި ވަނިކޮށެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އެމްއެމްއޭ އިން ގެޒެޓުގައި ބުނެފައި ވަނީ ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކުން ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އަދަދު އެ 87 ދުވަސް ކުރިން ރާއްޖޭގެ ބޭންކަކަށް ޖަމާ ކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާ މާރުކުރަން ޖެހޭނީ ވެސް ބޭންކްތައް މެދުވެރިކޮށެވެ. އެގޮތުން ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ބޭރު ފައިސާ ދިވެހި ބޭންކެއް މެދުވެރިކޮށް މާރު ކުރަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި
ދިވެހިރައްޔިތުންގެ ރުފިޔާދަވާލިބޮޑުވަގުން ފެލެނީ މާތެދުވެރިބަޔެއްކަ މައްމީހުންނައްދެއްކެންނުވާނެތިކަމެއްމުޅިދިވެހިރައްޔަތައް އެނގޭ އެމްޑީޕީޔަކީލާދީނީ ޮޑުވަގުންކަން ދައުލަތުގެފައިސާދަވާލި ޮޑލުޓޭރުންކަންތީ
އާދަން ވަހީދު މާލެ