ޑިޕްލޮމެޓިކް ޕާސްޕޯޓާއި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާއާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭނެ ގޮތް ހަދައިފިއެވެ.
މިއާއާއެކު ދައުލަތުގެ ވެރިންނަށް 90 ދުވަސް ވަންދެން ވިސާ ނެގި އެގައުމުގައި އުޅެވޭނެއެވެ. އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އަޒުރުބައިޖާންގެ ބާކޫގައި ކުރިޔަށްދިޔަ ކޮންފަރެންސް އޮފް ދަ ޕާޓީސް އޮފް ދަ ޔޫއެންއެފްސީސީސީގެ ހަވާސާގެ ތެރެއިންނެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ފޮރިން މިނިސްޓަރު ހަލީލް ސޮއި ކުރެއްވިއިރު އަޒަރުބައިޖާންގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުގެ ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވްއެވެ.
މި އެއްބަސްވުމުގެ ދަށުން ހުރިހާ ދިވެހިންނަށް ވެސް ވިސާއާ ނުލައި އެ ގައުމަށް ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަން މަޝްވަރާތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ސޮއި ކުރެވުނު އެއްބަސްވުމަކީ އެ މަގަށް މަސައްކަތް ކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ