"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓް މީހުންގެ ލިސްޓު އާންމުކުރުން މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފިއެވެ.
ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކުރުމުގެ މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާ ކަމަށެވެ. އަދި މި ސްކީމުގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަން އާއި ގުޅިގެން ކުރިއަށްގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މި މަސައްކަތްތައް ނިމުނުހާ އަވަހަކަށް އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ލިސްޓު އާންމު ކުރާނެ ވަކި ތާރީހެއް އެ މިނިސްޓްރީން އިއުލާނެއް ނުކުރެއެވެ.
ފްލެޓް ލިސްޓު އާންމުކުރާ ތާރީހު ފަސްކުރި މިއީ ދެ ވަނަ ފަހަރެވެ. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ކުރިން ބުނެފައި ވަނީ މި މަހުގެ ދެ ވަނަ ހަފްތާގައި ލިސްޓު އާންމުކުރާނެ ކަމަށެވެ. އޭގެ ކުރިން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ އޮކްޓޫބަރު މަހު ލިސްޓު އާންމުކުރާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ފްލެޓަށް އެދި "ގެދޮރުވެރިޔާ" ސްކީމުގެ އުސޫލުގެ ދަށުން 20،697 އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
ފްލެޓް ލިސްޓު ލިބޭ ފަރާތްތައް ކަނޑައެޅުމަށް އިތުރު މުއްދަތު ނެގިޔަސް، ސަރުކާރުގެ މަގުދަސަކީ ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ލިގެން ނުދާނެކަން ކަށަވަރުކުރުން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވެއެވެ.
"އަދި މި މަސައްކަތްތަކަށް އިތުރު މުއްދަތު ދިޔަކަމުގައިވިޔަސް، ސަރުކާރުގެ މަގްސަދަކީ މި ސްކީމުގެ ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން ނުދާނެކަން ކަށަަވރުކުރުމާ އެކު، މި ސްކީމުގެ ދަށުން ތަރައްގީކުރާ ފްލެޓްތައް ދޫކުރެވޭނީ ހައްގުވެރީންނަށްކަން ޔަގީންކުރުމެވެ." އުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވެއެވެ.
ކުރީގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޭން ނިންމި 4،000 ފްލެޓުގެ 32 ޓަވަރުގެ ތެރެއިން 16 ޓަވަރެއްގެ ސްޓްރަކްޗަރ ވަނީ ނިންމާފައެވެ. އެ ފްލެޓުތަކުގެ ތެރޭގައި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 500 އެޕާޓްމަންޓާއި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1500 އެޕާޓްމަންޓު އިމާރާތްކޮށްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ