ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވަދެގެން އުޅުނު ބޭރުގެ ބޯޓެއް ހޯދައިފިއެވެ.
އެމްއެންޑީއެފް އިން މިރޭ ބުނީ އެމްއެންޑީއެފް އެއާ ކޯގެ ޑްރޯން ބޭނުން ކޮށްގެންނާއި އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ޑްރޯނުން ވަނީ ބޭރު ގައުމެއްގެ ބޯޓެއް، ގާނޫނާ ހިލާފަށް ރާއްޖޭގެ ސަރަހައްދުގައި އުޅެނިކޮށް ލޮކޭޓްކޮށްފައި ކަމަށެވެ.
އަދި ކޯސްޓްގާޑުން އެ ބޯޓް އިންޓާސެޕްޓް ކުރުމަށް ފަހު މިހާރު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އަސްކަރީ ޑްރޯން ހިމެނޭ ގޮތަށް ދިވެހި ސިފައިންގެ އެއާ ކޯ އިފްތިތާހް ކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 15ވަނަ ދުވަހުއެވެ.
އެމްއެންޑީއެފަށް ގެނައި ޔޫއޭވީ ޑްރޯންތަކަކީ 18،000 އާއި 25،000 ފޫޓު މަތިން އުދުހުމުގެ ގާބިލުކަން ލިބިގެންވާ ޑްރޯންތަކެކެވެ. އަދި 300 ކިލޯމީޓަރު ދުރުން މަރުކަޒަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށާއި ހުއްޓުމެއް ނެތި 27 އާއި 50 ގަޑިއިރު އުދުހުމުގެ ގާބިލް އެ އުޅަނދުތަކަށް ލިބިގެންވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި