ރަށްތަކުގައި ހިންގާ މަޝްރޫއުތަކުގެ ތަފްސީލު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިނުވި ނަމަވެސް، ރާއްޖޭގެ ހުރިހާ ރަށެއްގައި މަޝްރޫއުތައް ހިންގާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ މަޝްރޫއުތަކަށް ހަރަދު ކުރަން ކުޑަ އަދަދެއްގެ ޖަހައިގެން ބަޖެޓުގައި ހިމެނުމުން އެ މަސައްކަތްތައް ނުނިމި ދިގުލައިގެންދާ ކަމަށެވެ.
"އެއީ މިސާލަކަށް ޕްރޮޖެކްޓު ލިސްޓެއް ބާއްވައިގެން ޕްރޮޖެކްޓުތައް ފަށައިފި ކަމަށް ވެއްޖެއްޔާ، މިސާލަކަށް ކުޑަ އަދަދެއެއް ބާއްވައިގެން އަޅުގަނޑު ބަޖެޓް ކޮމެޓީގައި ވެސް ދެންނެވިން ކުޑަ އަދަދެއް ޖަގައިގެން ޕްރޮޖެކްޓެއް ފެށީމަ، އެތައް ބައިވަރު ޕްރޮޖެކްޓު މި ހުންނަނީ ޕައިޕްލައިންގަ ކުރިއަށް ނުގޮސް،" ބަޖެޓް ބަހުސްގައި ބައިވެރިވާ މެމްބަރުންނާ މުހާތަބުތައް ޒަމީރު ވިދާޅުވިއެވެ.
"އެއް ގޮތަކީ ބަޖެޓް ނެތިގެން. އަނެއް ގޮތަކީ ކޭޝްފްލޯ ނެތިގެން،"
ޒަމީރު ވިދާޅުވީ ޕްރޮޖެކްޓުތައް ކުރިއަށް ގެންދާނީ ރައީސްގެ ކަނޑައަޅުއްވާފައިވާ ޕްރިއޯރިޓީ ލިސްޓުން ކަމަށެވެ.
ޒަމީރު ވިދާޅުވީ މިހާރު ގެންގުޅޭ ލިސްޓުގައި ވެސް އެއްވެސް ރަށެއް އުނިވެފައިނޯންނާނެ ކަމަށެވެ.
"މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް އިންކްލޫޑިން ސިޓީތަކާއި މާލެއާ ވެސް އެކުގައި އޮތީ އަޅުގަނޑުމެންގެ ޕްރޮގްރާމްގައި ރޭވިފައި،" ޒަމީރު ވިދާޅުވިއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް