އަޑަށްވުރެ ފަސް ގުނަ ބާރަށް ދަތުކުރާ ހައިޕަރސޮނިކް ދިގުރާސްތާ މިސައިލެއް އިންޑިއާއިން ޓެސްޓްކޮށްފިއެވެ.
އާދިއްތަ ދުވަހު މި މިސައިލް ޓެސްޓްކޮށްފައިވާކަން ހާމަކުރައްވާ އިންޑިއާގެ ދިފާޢީ ވަޒީރު ރަޖްނާތު ސިންހް ވިދާޅުވީ މިއީ އިންޑިއާއަށް ތާރީޚީ އަދި މުހިއްމު ދުވަހެއްކަމަށާއި، މި މިސައިލް ޓެސްޓާއެކު އިންޑިއާ ވެގެންދާނީ މިފަދަ ވަރުގަދަ ގާބިލްކަމެއް ލިބިފައިވާ މިސައިލް ހުރި މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށް ކަމަށެވެ.
މި މިސައިލަކީ އެކިކަހަލަ ޕޭލޯޑް ހިފައިގެން 1500 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެކެވެ. މި މިސައިލް އުފައްދާފައިވަނީ ހައިދަރުއާބާދުގައި ހުންނަ ޑރ. އޭ.ޕީ.ޖޭ އަބްދުލްކަލާމް މިސައިލް ކޮމްޕްލެކްސް ގައެވެ. އިންޑިއާގެ ޑިފެންސް ރިސަރޗް އެންޑް ޑެވެލޮޕްމަންޓް އޯގަނައިޒޭޝަނުން ބުނީ މިސައިލް އުދުއްސާލުމަށްފަހު އެއިދާރާއިން ހުރިހާ ވަގުތަކުވެސް މޮނީޓަރކުރިކަމަށާއި، މިސައިލްގެ ޕާރފޯމަންސް ބަރާބަރު ކަމަށެވެ.
ހައިޕަރސޮނިކް މިސައިލްތަކަކީ އެ މިސައިލްތައް ދަތުރުކުރާ ސްޕީޑްގެ ސަބަބުން ރައްދު ހަމަލާ ދީގެން ވައްޓާލުން ނާދިރު މިސައިލެކެވެ. ހައިޕަރސޮނިކް މިސައިލްގު ދެ ބާވަތެއް ހުރެއެވެ. އެއީ ގިނަ ބެލެސްޓިކް މިސައިލްތައް ފަދައިން ރޮކެޓެއްގެ އެހީގައި ލޯންޗްކޮށް، ވަކި ހިސާބަކުން ރޮކެޓާއި ވަކިވެ، އަމާޒާއި ހިސާބަށް ގްލައިޑްކޮށްލާފައި ގޮސް ހަމަލާދޭ ހައިޕަރސޮނިކް ގްލައިޑް ވެހިކަލާއި، ޖެޓް އިންޖީނުގެ އެހީގައި އަމާޒާއި ހަމަޔަށް ވާސިލްވާ ހައިޕަރސޮނިކް ކްރޫޒް މިސައިލެވެ.
އިންޑިއާގެ އިތުރުން ހައިޕަރސޮނިކް މިސައިލް އުފެއްދުމުގެ މަސައްކަތްކުރަނީ އެމެރިކާ، ރަޝިޔާ އަދި ޗައިނާ އިންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ