މާލޭގެ މަސް މާރުކޭޓު ސަރަހައްދުގައި އޮތް މަސް ދޯނި ފަހަރުތަކުގައި ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް މޯލްޑިވްސް އިމިގްރޭޝަނުން ހާއްސަ އޮޕަރޭޝަނެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިއަ މަސް ބޯޓުތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ ޓާސްކު ފޯހުން ވަނީ މިއަދު މި ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 މީހަކު އިމިގްރޭޝަންގެ ބަންދަށް ގެނެސްފައިވާ ކަމަށެވެ.
ފާއިތުވެދިޔަ އަހަރަކީ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދިޔަ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ލިބުނު އަހަރެއްކަން ޝައްމާން ވަނީ މީގެކުރިން ފާހަގަކުރައްވައިފައެވެ.
އެގޮތުން 17 ނޮވެމްބަރ 2023އިން ފެށިގެން ފާއިތުވެދިޔަ އެއް އަހަރު ތެރޭ ގަވާއިދާ ހިލާފަށް އުޅޭ 5000 ބިދޭސީން ފުރުވާލާ ޓާގެޓު ހާސިލް ކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި މިއީ އިމިގްރޭޝަން ތާރީހުގައި ވެސް ރިކޯޑު އަދަދެއް ކަމަށް އެ އިދާރާ އިން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ