ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.
ލަންކާގެ ޚާރިޖީ ވަޒީރުކަމަށް އަލަށް އައްޔަންކުރެއްވި ވިޖިތަ ހެރަތު ވިދާޅުވީ ޑިސަނަޔަކަ އިންޑިއާއަށް ވަޑައިގަންނަވާނީ އަންނަ ޑިސެމްބަރު މަހު މެދުތެރޭގައި ކަމަށެވެ. މި ބައްދަލުވުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ޑިސަނަޔަކަ ބައްދަލުކުރައްވައި، މަޝްވަރާކުރައްވާނެއެވެ. އަދި ލަންކާއިން މިސްރާބު ޖަހާފައި ވަނީ ގައުމާއި ރައްޔިތުންގެ ފައިދާއަށް، ކުރިއަށް ކަން ބައިނަލްއަގްވާމީ މުޖްތަމައަށް އަންގަން ބޭނުންވާ ކަމަށްވެސް އައު ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ލަންކާގެ އާއްމު އިންތިޚާބުގައި ވެރިކަންކުރާ ޕާޓީއިން ހޯދި ކާމިޔާބީއަށްފަހު، ރައީސް ޑިސަނަޔަކަ ވަނީ 21 މެމްބަރުންގެ މައްޗަށް އެކުލެވޭ ކެބިނެޓެއް އެކުލަވާލައްވާފައެވެ. މުހިއްމު ވުޒާރާތައްކަމަށްވާ ދިފާޢީ އަދި މާލީ ވުޒާރާތައް ބަލަހައްޓަވާނީ ސީދާ ރައީސް ޑިސަނަޔަކައެވެ. 225 މެމްބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 159 ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ އެން.ޕީ.ޕީ އިންނެވެ. އަދި އިދިކޮޅު މައި ޕާޓީ އެސް.ޖޭ.ބީ އަށް ލިބުނީ އެންމެ 40 ގޮނޑިއެވެ. މިއީ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަންއަށް ލަންކާގެ ބަރުލަމާނީ ނިޒާމު 1977 ގައި ބަދަލުކުރިފަހުން އެއް ޕާޓީއަކަށް މަޖިލީހުގެ މިވަރުގެ މެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ