އާސަންދަ އަދި އެންސްޕާގެ އެހީތެރިކަން ނުލިބޭނެ ދާއިރާތަކަށް ވެސް ބޮޑެތި އަދަދުތަކުން މީގެކުރިން އެހީތެރިކަން ދީފައި އެބަހުރި ކަމަށް އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހީނާ ވިދާޅުވީ މީގެކުރިން އާސަންދަ އަދި އެންސްޕާގެ މޭޒުތައް ބައެއް އިންތިހާބުތަކާއި ދިމާކޮށް ރަށްރަށުގައި ބަހައްޓައިގެން ހިދުމަތް ދެމުން ގޮސްފައިވާ ކަމަށެވެ.
އައިސީޔޫގައި އޮންނަ ބަލި މީހަކަށް އާސަންދަ ހަމަޖައްސައި ދެވޭނީ މިވެނި ފަރާތަކަށް ވޯޓުލުމުން ކަމަށް ބުނެފައި އެބަހުރި ކަމަށް ވެސް ހީނާ ވިދާޅުވިއެވެ. މީގެކުރިން އާސަންދަ އަދި އެންސްޕާގެ ހިދުމަތްތަކަށް އެދިފައިވާ ފަރާތްތަކަށް ސިޔާސީ ބޭފުޅަކު ބޭނުންވާ ފަރާތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހަމަޖައްސައި ދެއްވާފައިވާ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ސިޔާސީ ގޮތުން ބޭނުންވާ ފަރާތްތަކަށް އާސަންދައިގެ ތެރެއިން ރެސްޓްރިކްޓް ކުރެވިފައިވާ ދާއިރާތަކަށް މިސާލަކަށް ކޮސްމެޓިކް ސާޖަރީ ނުވަތަ ހަށިގަނޑު ރީތި ކުރުމަށް ބޭނުންވާ ބައެއް ކަހަލަ ހިދުމަތްތައް ދުބާއީ ތަންތަނުން ވޭތުވެދިޔަ ތަނުގައި ދެވިފައި ހުރިކަން،" ހީނާ ވިދާޅުވިއެވެ.
އާސަންދަ އަދި އެންސްޕާގެ ހިދުމަތަކީ ސަރުކާރުތަކުން އެންމެ ބޮޑު ހޭދައެއް ކުރާ ކަންކަމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ މި ހިދުމަތްތައް މިހާރު ދެމުން އަންނަ ގޮތް އިސްލާހު ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ހީނާމެނާޖެހުނީމަ ދޭހަކޮށްތިދެނީ އެއްވެސްގޮތަކުން ވެރިކަމެއްހިންގުމުގެ ގާބިލުކަންނެތްކަން ތިބުނާ ހަށިގަނޑެއްރީތިކުރަންވެސް އާސަންދަދިނީ ގައިމުވެސް ގައުމަށް ތަރައްގީގެނެވި ގައުމު މުއަސަނދިކަމުގާ އޮތީމަތާ، ހަމަގައިމުންވެސް މީގެކުރީން އެއްވެސްސަރުކާރަކުން ރައިއްޔަތުންނަށް ދިން އެއްވެސްޚިދުމަތެއްކަނޑާލާފައެއްނެތް އަދިޚަރަދުބޮޑުވެގެން ދެލޯމުދުނަށްއަރުވައިގެން ދުވެފައެއްވެސްނެތް، މިހުރިހާވޭނެއް ރައިއްޔަތުންއުފުލަންމިޖެއްސީ ހަމަގައިމުވެސް މުއިއްޒުގެ ސަރުކާރުން 1 އަހަރުވީއިރުވެސް ސަރުކާރު އެކުލަވާނުލ
އަތްބަޅޭ