މެމްބަރަކު ސިޔާސީ ޕާޓީއަކުން ވަކިވެއްޖެނަމަ، ނުވަތަ ޕާޓީއަކުން ވަކިކޮށްފިނަމަ މަޖިލިސް މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ ހުރިހާ މެމްބަރުން ހިމެނޭ އެ ކޮމެޓީން ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެމްބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ކޮމެޓީން ފާސްކުރުމާ ދެކޮޅަށް 13 މެމްބަރަކު ވޯޓު ދެއްވިއެވެ.
ގާނުނުއަަސާސީ އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުން މިއަދު ކުރަނީ މިއަދު އެ ބިލު ހުށަހަޅައި ކޮމެޓީން ފާސްކޮށް، ތަޅުމަށް ހުށަހަޅައިގެންނެވެ. އަވަސް އަރުވާލައިގެން އެ ބިލުގެ މަސައްކަތް ކުރާތީ، މަޖިލިސް ކައިރީގައި އެމްޑީޕީން މިއަދު މުޒާހަރާ ވެސް ކުރިއެވެ. އަދި އެމްޑީޕީއާ ދެކޮޅަށް ޕީއެންސީން ވެސް މަޖިލިސް ދޮށަށް އެއްވެ، އަޑު އުފުލިއެވެ.
އެމްޑީޕީން ގެންދަނީ "24 ގަޑިއިރު ތެރޭގައި" ގާނޫނުއަސާސީ އިސްލާހު ކުރާތީ، އެކަމާ ކަންބޮޑުވުންފާޅުކޮށްފައެވެ.
ގާނޫނުއަސާސީ އިސްލާހު ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރު ބައިކުޅަ، ތިން ބައި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހުގެ 93 މެމްބަރުންގެ ތެރެއިން ހަތަރު ބައިކުޅަ، ތިން ބައި މެމްބަރުނަކީ 70 މެމްބަރުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ