ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ހާރިސް އަބްދުލްއަފޫރުގެ މަރުގެ މައްސަލާގައި ދައުވާލިބޭ މީހާ ބަންދު ނުކުރަން ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ސެޕްޓެމްބަރު، 2017 ގައި ހުޅުމާލޭ ހާފްވޭ ހައުސް ކައިރިން ހާރިސް މަރާލި މައްސަލާގައި ޏ. ފުވައްމުލަކު ހިލްޓަން ޔާމީން ރަޝީދުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރު ހުކުމްކުރި އެވެ. އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކުރި އެވެ.
އެ މައްސަލަ ނިމެންދެން ޔާމީން ބަންދުކުރަން އެދުމުން ހައި ކޯޓުން މިއަދު ނިންމީ ނިންމުމުގައިވަނީ ޔާމީން ރަޝީދަކީ ވަޒީފާއެއް އަދާކުރަމުންދާ މީހެއް ކަމަށާއި އޭނާ ބަންދުން ދޫކޮށްލި ފަހުން މިވީ މުއްދަތުގައި މުޖުތަމައުއަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ކުރިކަމުގެ ނުވަތަ ކުރަން އުޅުނު ކަމުގެ އެއްވެސް ތުހުމަތު ކުރެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ އިތުރު ކުށުގެ ރިކޯޑެއް ވެސް ނެތް ކަމަށާއި އަދި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތް ކަމަށް ސަބަބެއް އަދި އެފަދަ އިހުތިމާލެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންކަމުން ޔާމީން ރަޝީދު ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ނެތް ކަމަށް ނިންމާފައިވެ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ހާރިސް މަރާލީ ކުރިން ހިނގި މާރާމާރީއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ