ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އަސްކަރީ ގުޅުން އިތުރު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރެވިގެން ދިޔައީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ސައީދު އާސިިމް މުނީރު އާ ބައްދަލު ކުރައްވައި ދެކެވުނު ވާހަކަތަކުގައެވެ.
އެ ބައްދަލުވުން ކުރިޔަށް ދިޔައީ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނާސް (އައިޑިއާސް 2024) ގެ ހަވާސާގައި ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
މި ސެމިނާ އަކީ ޕާކިސްތާނު އަސްކަރިއްޔާގެ ބައިނަލްއަގުވާމީ ގުޅުން ބަދަހި ކުރަން ކުރިޔަށް ގެންދާ ސެމިނާއެކެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ