ފިރިހެން ކުއްޖަކާ ބެހިގެން ޖަލަށްލި ހއ. ހޯރަފުށީ މީހަކު ބޭސްފަރުވާއަށް ގެއަށް ބަދަލުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ގޭ ބަންދަށް ބަދަލުކުރީ 12 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ހއ. ހޯރަފުށީ، އަންދަލީބުގެ، ހާޝިމް އަބޫބަކުރުއެވެ. އޭނާ ޖަލު ހުކުމް ތަންފީޒު ކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެންނެވެ.
އޭނާ ގޭ ބަންދަށް ބަދަލު ކުރުމާ ގުޅިގެން، ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުންފާޅު ކުރަމުންދަނިކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ ގެއަށް ބަދަލު ކުރީ ޑޮކްޓަރު ދީފައިވާ ރެކަމެންޑޭޝަންއާ އެއްގޮތަށް ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީ ކަމަށެވެ.
ކަރެކްޝަންސް އިން ބުނީ އުމުރުން 57 އަހަރުގެ ހާޝިމަކީ އުނަގަނޑުގެ މައްސަަލައެއް ހުރެ، އެކަމުގެ ވޭން ތަހައްމަލްކުރަމުންދާ މީހެއް ކަމަށާއި މިދިޔަ ސެޕްޓެންބަރު މަހު އޭނާ ރާއްޖޭއިން ބޭރުން ބޭސްފަރުވާ ހޯދާފައިވާ ކަމަށެވެ.
"ހާޝިމް އަބޫބަކުރުގެ ބަލި ހާލަތު ހުރި ގޮތުން، ޑޮކްޓަރު ދެއްވާފައިވާ ރެކަމެންޑޭޝަންއާ އެއްގޮތަށް ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީ، އޭނާ ވަނީ ހުކުމް ތަންފީޒުކުރުމަށް ވަގުތީ ގޮތުން ގޭބަންދުގައި ބެހެއްޓިފައެވެ،" ކަރެކްޝަނުން މިރޭ ނެރުނު ނޫސްބަޔާނުގައިވެއެވެ.
އެ ސާވިސްއިން ބުނީ އޮންނަ އުސޫލާ އެއްގޮތަށް އޭނާ މޮނީޓަކޮށް ބަލަހައްޓަމުންދާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ