ދެހާސް އަށާވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ފަރާތެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާދަ ކުރައްވަން ނިންމަވައިފިއެވެ.
ފައްޔާޒު މިކަން އިއުލާން ކުރެއްވީ އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕުގައެވެ.
އެކަން އިއުލާން ކުރެއްވުމަށް ފަހު ފައްޔާޒު ވަނީ އޭނާ އަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
ފައްޔާޒަކީ ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި މިއީ 2028ގައި އޮންނަ ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އެޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު އިއުލާން ކުރެއްވި ފުރަތަމަ ފަހަރެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދާދިފަހުން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަން ޝައުގުވެރިވާ ހަތަރު ވަރަކަށް ފަސް ވަރަކަށް ބޭފުޅުން ތިއްބެވި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެބޭފުޅުންގެ ނަންތަކެއް ހާމައެއް ނުކުރައްވައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމާއި މެދު ރައީސް ސޯލިހް ސީދާ ޖަވާބެއް ނުދެއްވައެވެ. ނަމަވެސް އެމަނިކުފާނުގެ ސިޔާސީ ކުރިމަގާއި ގުޅޭ ގޮތުން ޕާޓީގެ ލީޑާޝިޕާ ވާހަކަދައްކަވާފައި ވާނެ ކަމަށް ސޯލިހް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ