އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އަވަސްކުރަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ނިންމައިފިއެވެ.
މި ބިލަކީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މަޖިލީހަށް ހުށަހެޅި ބިލެކެވެ. ބިލު ދިރާސާ ކުރުމަށް ނިންމާ ކޮމެޓީ އަށް ފޮނުވީ މިދިޔަ މެއި މަހުގެ 29ވަނަ ދުވަހުއެވެ.
ކުރިން ބިލުގެ މަސައްކަތް ނިންމަން ތާވަލުކޮށްފައިވާ ސުންގަޑި އަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހެވެ. އަދި ބިލާއި ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ހިޔާލާއި މަޝްވަރާ ކުރުމަށް އަންނަ މަހުގެ ނިޔަލަށް ސިޓީ ފޮނުވަން ވެސް ނިންމިއެވެ. އެގޮތަށް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ނަމަވެސް މިއަދު ބޭއްވި 241 ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވަނީ ބިލުގެ މަސައްކަތް އަވަސް ކުރުމަށް އިދާރީ ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން ކުރިން ނިންމާފައިވާ ނިންމުން ބަދަލުކޮށް ކަމާ ގުޅުންހުރި ފަރާތްތައް މާދަމާ އިން ފެށިގެން ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމިއެވެ.
އިޒްރޭލު ޕާސްޕޯޓުގެ މަސައްކަތް އަވަސް ކުރުމަށް ގޮވާލާ އިދިކޮޅު އެމްޑީޕީގެ ފަރާތުން އެންމެ ފަހުން ބޭއްވި މަޖިލިސް ޖަލްސާ އަށް ގަރާރެއް ހުށަހެޅިއެވެ. ނަމަވެސް އެ ގަރާރު މަޖިލީހުން ބޭރު ކޮށްލިއެވެ. މިއާއެކު ގިނަ ބައެއްގެ ފާޑު ކިޔުންތައް ސަރުކާރާއި ޕީއެންސީ އަށް ވަނީ އަމާޒުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ