އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނާއިބު ރައީސާއި އެ ދެ ކޮމިޝަނުގެ ބައެއް މެންބަރުން މަގާމުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމައިފިއެވެ.
މިމަހުގެ 12ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ މައްސަލާގައި މީގެކުރިން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކި ކުރުމުގެ މައްސަލަ ވެސް އޮތެވެ. ނަމަވެސް މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް މަގާމުން ވަކި ކުރުމަށް ނިންމާފައެއް ނުވެއެވެ.
ސިއްރު ކޮށްގެން ކުރިޔަށް ގެންދިޔަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުމުގައި ނިންމީ އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމާއި މެންބަރު ތޯހާ މުހައްމަދާއި އީސީގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފާއި މެންބަރު ޑރ. މުހައްމަދު ޒާހިރު މަގާމުން ވަކި ކުރާށެވެ.
މިމަހުގެ 12ވަނަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި އެ މައްސަލައާ ގުޅިގެން މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ ބައެއް މެންބަރުން މަގާމުން ވަކިކުރަން ނިންމާފައި ވަނީ ނުފޫޒަށް ލެނބުމާއި ސުލޫކީ މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ