ދެހާސް އަށާވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް މިހާރު އަމާޒު ހިފައިފި ނަމަ ގެއްލުން ބޮޑު ވާނެ ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ރޭ ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މިހާރު މިއޮތް ސަރުކާރުގެ ހުދުމުހުތާރުކަމާއި މި ސަރުކާރުން ކުރާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށާއި ގައުމަށް ލިބެމުން އަންނަ ގެއްލުންތަކުގެ ވާހަކަތައް ދެއްކުން މަޑުޖައްސާލުމަށްފަހު، 2028ގައި އޮތް ކަމަކަށް މިސްރާބު ހިފައިފި ނަމަ ރާއްޖެއަށް ލިބޭ ގެއްލުން ބޮޑު ވާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު އަޅުގަނޑުމެން، ޕާޓީގެ ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ފޯކަސް އަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން،" ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.
ޝާހިދުގެ ވާހަކަފުޅުގައި ރާއްޖެ މިހާރު ޖަހާފައިވާ މިސްރާބު ސީދާ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.
ޝާހިދު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށްޓަކައި ބާއްވާ ރިޔާސީ ޕްރައިމަރީގައި އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާދަ ކުރައްވަން ނިންމަވާ، އެކަން މިދިޔަ ހޮނިހިރު ދުވަހު އިއުލާން ކުރައްވާފައި ވަނިކޮށެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި