ރައްޔިތުން މަޖިލީހުގެ އިސް ތިން މަގާމުގައި ތިއްބެވި ބޭފުޅުންގެ މަގާމުގެ މުއްދަތު އިތުރު ފަސް އަހަރަށް ދަމަހައްޓައިފިއެވެ.
އެ ތިން މަގާމަކީ މަޖިލީހުގެ އަމީން އާއްމުގެ މަގާމާއި މަޖިލީހުގެ ކައުންސެލަރު ޖެނެރަލްގެ އިތުރުން ސާޖެންޓް އެޓް އާމްސްގެ މަގާމެވެ. މިއަދު އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައި އެ މަގާމުގައި ތިއްބެވި ތިން ބޭފުޅުން އެ މަގާމުތަކުގައި ކުރިޔަށް އޮތް ފަސް އަހަރު ބެހެއްޓުމަށް ވޯޓު ނެގިއެވެ.
އެގޮތުން މަޖިލީހުގެ އަމީން އާއްމުގެ މަގާމުގައި ހުންނެވި ފާތިމަތު ނިއުޝާ އާއި ކައުންސެލަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ފާތިމަތު ފިލްޒާގެ އިތުރުން ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި ތޮލްހަތު ހަސަން އެ މަގާމުގައި ކުރިޔަށް އޮތް ފަސް އަހަރަށް ބެހެއްޓުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އަމީން އާންމު، ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އާމްސްގެ މަގާމަށް މީހުން އައްޔަން ކުރުމުގައި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މަޖިލިހުގެ ރައީސް އާންމުކޮށް ހުޅުވާލަން ވާނެ ކަމަށް މަޖިލިސް ގަވާއިދުގައި ބުނެފައިވެއެވެ.
ނަމަވެސް 19ވަނަ މަޖިލީހުގައި ވެސް އަދި މިހާރު މި ހިނގާ 20ވަނަ މަޖިލީހުން ވެސް މި މަގާމުތަކަށް ބޭފުޅުން އައްޔަންކުރީ އިއުލާނު ކުރުމެއް ނެތިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ