މާލޭގެ އަމީނީމަގުގައި ހުންނަ ފުރުގާން މިސްކިތުގައި ބަހައްޓާފައި ހުރި މުސްހަފްތައް މިސްކިތުގެ އެކި ތަންތަނަށް އުކާލާ، މިސްކިތަށް އެކިވަރުގެ ގެއްލުންތައް ދިން މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.
އެކަން ކުރިތާ ދެ ދުވަސް ފަހުން ފުލުހުން ވަނީ އެ މައްސަލާގައި އުމުރުން 30 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
ފުރުގާން މިސްކިތަށް ގެއްލުން ދީފައިވާ މައްސަލަ ތިލަކުރެއްވީ ޝެއިހް އާދަމް ނިޝާނެވެ. ފޭސްބުކްގައި ޝެއިހް ނިޝާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަން ކޮށްފައި ވަނީ ފުރުގާން މިސްކިތުގައި އަބަދުހެން ނަމާދުގަޑިތަކުގައި ވެސް ނިދާފައި އޮންނަ "ބުއްދިފިލާ ގޮސްފައިވާ" ޒުވާނެއް ކަމަށެވެ.
ޝެއިހް ވިދާޅުވީ މިސްކިތުގެ ފަހަތުގައި ހުރި މުސްހަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައިހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލައި އަދި ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ ހަދާފައިވާ ކަމަށެވެ.
ޝެއިހް ނިޝާން ވިދާޅުވި ގޮތުގައި މިއީ އެ މީހާ މިސްކިތަށް ގެއްލުން ދިން ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން ވެސް އެކި ފަހަރުތައް މަތިން މުސްހަފްތައް އުކާލުމާއި އެފަދަ އެތައް ކަމެއް އޭނާ ވަނީ ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ