ރާއްޖޭގެ ސަރަހައްދަށް ވަގަށް / ގާނޫނާއި ގަވާއިދާއި ހިލާފަށް އެތެރެވި ލަންކާގެ މަސް ބޯޓަކުން 468 ކިލޯގެ މަސްތުވާތަކެތި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކުރި މީހުންނަކީ އެ ބޯޓުގައި ތިބި ފަސް މީހުންނެވެ. އެ ފަސް މީހުންނަކީ ވެސް ލަންކާ އަށް ނިސްބަތްވާ ފަސް މީހުންނެވެ.
މިމަހުގެ 24ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ލަންކާގެ އެ މަސް ބޯޓު ހިފެހެއްޓީ ހދ. މަކުނުދޫ ބޭރުން ކަމަށެވެ. އެ މަސް ބޯޓު ހިފެހެއްޓީ އެމްއެންޑީއެފް އަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެންނެވެ.
އެ ބޯޓު ބަލާ ފާސް ކޮށްފައި ވަނީ ފުލުހުންނާއި އެމްއެންޑީއެފް އިންނެވެ. ސީޕީ ފާހަގަކުރެއްވި ގޮތުގައި އެ އުޅަނދު ބަލައި ފާސްކުރުމުން ޖުމްލަ 468.6 ކިލޯގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުއްޓެވެ.
އޭގެ ތެރޭގައި 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން ހުރި ކަމަށް ވެސް ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެއްޗެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ