ރިސޯޓްތަކަށް ލިބޭ ޑޮލަރު ބޭންކުތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވާއިދުގައި ހުރި ބައެއް ކަންކަމުގައި ލުއި ލިބޭ ގޮތަށް އެކަމާ ބެހޭ ގާނޫނެއްގެ ބިލެއް ޑްރާފްޓްކޮށް އެމްއެމްއޭއިން އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
އެމްއެމްއޭއިން ކުރިން ހަދާފައިވާ ގަވާއިދު އޮތްގޮތުން ރިސޯޓްތަކާއި ޓޫރިސްޓް އުޅަނދުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުންގެ ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ޖެހޭނެ އެވެ. އަދި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ބޭންކުން ޑޮލަރު މާރުކުރަން ޖެހެ އެވެ.
އެ ބަދަލާ ގުޅިގެން ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް އެމްއެމްއޭ އިން އާންމުންގެ ހިޔާލަށް ހުށަހެޅި "ބޭރު ފައިސާއާބެހޭ ބިލް" ގައިވާ ގޮތުން ވެސް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން މާރުކުރަން ޖެހެނީ ޓޫރިސްޓުންގެ އަދަދުގެ ބަދަލުގައި ޖުމްލަ އާމްދަނީގެ 25 ޕަސެންޓެވެ.
މީގެ އިތުރުން 24 ގަޑިއިރު ހޭދަ ނުކުރާ ޓޫރިސްޓުންނާއި ކުޑަކުދިންނާއި ހިލޭ ތިބޭ ފަރާތްތައް އެ އުސޫލުން އިސްތިސްނާވާނެ ކަމަށް އެ. ބިލުގައިވެ އެވެ. އަދި މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ޓޫރިސްޓު ހޮޓާތަކުން މާރުކުރަން ޖެހޭނީ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކަމަށް ބިލުގައިވެ އެވެ.
މި ބިލް އާންމުކުރި ނަމަވެސް ޑޮލަރުގެ ގަވާއިދަށް ބަދަލު ގެންނަން މިހާތަނަށް ނިންމާފައެއް ނުވެ އެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ