ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިންއެވެ.
އޭނާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ގާނޫނުއަސާސީގެ ފަސް މާއްދާއަކާ ހަވާލާދީ، އެ މާއްދާތަކާ ހިލާފަށް ގާނޫނުއަސާސީ ބަދަލުކުރި ކަމަށް ބުނެއެވެ.
އަލީން ހުސައިން ހަވާލާދީފައިވާ ގާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ބުނެފައި ވަނީ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއް އަދި ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން ކޯޓަކަށް ހާޒިރުކޮށް، ނުވަތަ ތަހުގީގެއް ހިންގައި ހައްޔަރުކޮށް ބަންދެއްކޮށް ނުވަތަ އެ މީހަކަށް ދައުވާއެއްކޮށް ހަދައިގެން ނުވާނެ ކަމަށެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް:
- ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުގެ ގޮނޑި ގެއްލޭނެ
- މަޖިލީހުގެ ރުހުމެއް ނެތި ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭނެ
- ހިޔާލު ހޯދުމުގެ މާއްދާ ބަދަލުކުރެވޭނީ ވެސް ހިޔާލު ހޯދުމުގެ ވޯޓަކުން
- ރާއްޖޭގެ އީއީޒެޑަށް ބަދަލެއް ގެނެވޭނީ ހިޔާލު ހޯދުމުގެ ވޯޓަކުން
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި