ޓޫރިޒަމް ދާއިރާ އިން ރާއްޖެއަށް ވަންނަ ބޭރުގެ ފައިސާތައް ރާއްޖޭގެ ބޭންކުތަކަށް ޖަމާކޮށް, މާރުކުރަން ޖެހޭ ގޮތަށް ހެދި ގަވާއިދުގައިވާ ގޮތަށް 500 ޑޮލަރު ނަގާނެ ކަމަށާއި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިން ހިޔާލު ހޯދަން ހުޅުވާލީ މިހާރު ޑްރާފްޓު ކޮށްފައިވާ "ބޭރު ފައިސާއާބެހޭ ބިލް" އަށް ކަމަށް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ ބައެއް މީޑިއާތަކުގައި، އެމްއެމްއޭ އިން ނެރުނު ގަވާއިދު ބަދަލުކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި 1 އޮކްޓޯބަރުގައި އާއްމުކުރި ބޭރުފައިސާ ގަނެވިއްކުމުގެ ގަވާއިދުގައިވާ ގޮތަށް 500 ޑޮލަރު ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހަމަ ސީދާ ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އަޅުގަނޑުމެން ގަވާއިދު އިސްލާހު ކޮށްފިއޭ. މިއީ ހަގީގަތުގައި އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެއް. އަޅުގަނޑުމެން އެމްއެމްއޭ ފަދަ ތަންތަން އަދި މިކަން ކުރާ އެހެން އިންސްޓިޓިއުޝަން ފަދަ ތަންތަން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވާށޭ. އިންފޮމޭޝަން ޗެކު ކުރައްވާށޭ،" މުނައްވަރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގަވާއިދުގައިވާ ގޮތުގެ މަތީން އަންނަ ޖެނުއަރީ މަހު 500 ޑޮލަރު މާރު ކުރަން ޖެހޭނެ ކަމަށެވެ. ބިލު ޑްރާފްޓު ކުރިއިރު ލިބިފައިވާ ހިޔާލުތަކަށް ބަލައި ކެޓަގަރީ "އޭ" އަދި ކެޓަގަރީ "ބީ" އަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
"ފެއާ ވުމުގެ ގޮތުން ނޮން ޓޫއަރިޒަމް ފަރާތްތައް ހިމެނުން ފިޔަވައި އިތުރު އެއްވެސް ޗޭންޖެއް ގެނެސްފައެއް ނުވާނެ،" މުނައްވަރު ފާހަގަކުރެއްވިއެވެ.
ބިލުގައިވާ ގޮތުން 24 ގަޑިއިރު ހޭދަ ނުކުރާ ޓޫރިސްޓުންނާއި ކުޑަކުދިންނާއި ހިލޭ ތިބޭ ފަރާތްތައް އެ އުސޫލުން އިސްތިސްނާވާނެއެވެ. އަދި 50 އެނދަށްވުރެ ގިނަވިއަސް މަދުވިއަސް މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ޓޫރިސްޓު ހޮޓާތަކުން މާރުކުރަން ޖެހޭނީ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކަމަށްވެސް ބިލުގައިވެއެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި