ކުޑަކުއްޖަކު ފެންވަރަން ހުއްޓާ އެ މަންޒަރު ރެކޯޑްކުރި މައްސަލައެއްގައި އިއްވާފައިވާ 20 އަަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން އިއްޔެ ބާތިލްކޮށްފި އެވެ.
މީހަކު 20 އަހަރަށް ޖަލަށްލާން ދަށު ކޯޓުން ހުކުމް ކޮށްފައި އޮތީ 2018 ވަނަ އަހަރު އަންހެން ކުއްޖަކު ގެއެއްގެ ގިފިލީގައި ފެންވަރަން ހުއްޓާ އެ މަންޒަރު ރެކޯޑްކުރި ކަމަށް ބުނެ ދައުވާ ކުރުމުންނެވެ. އެ ހުކުމް ހައި ކޯޓުން އިއްޔެ ބާތިލްކޮށް, އޭނާ މިނިވަންކުރީ އެ ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އޭނާގެ މޮބައިލްގެ ފޯނުން ފެނުނު މަންޒަރުތަކަކީ އަންހެނަކު ފެންވަރަން ހުއްޓާ ނަގާފައިވާ ވީޑިއޯއެއް ކަމަށް ވިޔަސް, ފެންވަރަން ހުރީ ކުޑަކުއްޖެއް ކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން އެނގެން ނެތް ކަމަށެވެ. އެހެންވެ, ކުޑަކުއްޖެއްގެ ބަރަހަނާ މަންޒަރު ރެކޯޑްކުރި ކަމަށް ނިންމޭނެ ހެއްކެއް ނެތުމުން އޭނާ 20 އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލްކުރީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އެ މައްސަލާގައި އޮރިޔާން ކާޑު އުފެއްދުމުގެ އެހެން ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރި އެވެ. އެ މައްސަލާގައި އޭނާއަށް އިއްވި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް މިހާރު ވަނީ ތަންފީޒުކޮށް ނިމިފަ އެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ