މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގައި މިހާރު ހުންނެވި ދެ މެންބަރެއްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރުން އައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ.
ރައީސް އޮފީހުން މިމަހުގެ 18ވަނަ ދުވަހު ވެސް ވަނީ ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފައެވެ. ނަމަވެސް އެ އޮފީހުން ބުނީ މިއަދު ކުރި އިއުލާނާއި ގުޅިގެން ކުރިން ކޮށްފައިވާ އިއުލާން ބާތިލް ކޮށްފައިވާ ކަމަށެވެ.
މަގާމުގެ މުއްދަތު ހަމަވަނީ އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އަދި ކޮމިޝަނުގެ މެންބަރު އަލީ ޔޫސުފްގެ ދައުރެވެ. މި ދެ މެންބަރުންގެ މަގާމުގެ މުއްދަތު އަންނަ މަހުގެ ފަސްވަނަ ދުވަހަށް ހަމަވާނެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި