ގާނޫނާއި ގަވާއިދުތަކާއި ހިލާފުވި މޯލްޑިވްސް އިމިގްރޭޝަންގެ ފަސް އޮފިސަރެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ، ޔުނިފޯރމުއެޅި މުއައްސަސާތަކުގެ ތެރޭގައިތިބެ ޔުނިފޯރމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެއްމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމެއް ކަމަށެވެ.
"މިގޮތުން މޯލްޑިވްސް އިމިގްރޭޝަން ގެ 5 މުވައްޒަފުން ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ބިދޭސީންނާއި ގުޅުންހުރި ބައެއް ކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މައުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް އެމައްސަލަ ދަނީ ތަހުގީގު ކުރެވެމުން،" އިހުސާން ވިދާޅުވިއެވެ.
މިފަދަ ކަންކަމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މި މައްސަލާގައި މިހާރު ވާނީ މި ދެންނެވުނު ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރެވިފައި،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.
މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުންނާއި ކަމާއިބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެންމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިމިގްރޭޝަން އޮފިސަރުންތަކެއްގެ ކޮރަޕްޝަން މައްސަލަތަކެއް ބަލާއިރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންތަކެއް ރިޝްވަތު ނެގި މައްސަލައެއްގައި 18 އޮފިސަރަކަށް ވަނީ ދައުވާ ވެސް ކޮށްފައެވެ.
މި ސަރުކާރު އައި ފަހުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ގިނަ އޮޕަރޭޝަންތަކެއް ހިންގާ، އެތައް ބިދޭސީންނެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ