މާލޭގެ އިތުރުން ސްޓެލްކޯ އިން ހިދުމަތް ދެމުން އަންނަ ރަށްރަށުގެ ޑިސްޓްރިބިއުޝަން ފޮށިތައް ސާފު ކުރުމުގެ ހާއްސަ ހަރަކާތެއް ފަށައިފިއެވެ.
ސްޓެލްކޯ އިން ހިންގާ "މަގޭ ވެށި މަގޭ ޒިންމާ"ގެ ދަށުން މިއަދު ފެށި އެ ހަރަކާތް ފައްޓަވައިދެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރު ތާރިގް އިބްރާހީމެވެ. ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އާއި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތައް މަގުތައް މަތީގައި ހުންނައިރު އެ ފޮށިތަކުގައި ތަފާތު އެކިއެކި އިޝްތިހާރުތައް ހަރުކުރުމުގެ ސަބަބުން އެ ފޮށި ވަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ.
އެ ރަސްމިއްޔާތުގައި ވަޒީރު ތާރިގް ވަނީ ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކޮށް ބަހައްޓަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެތަންތަނުގެ އިތުރުން މުޅި މާލެ ސާފުކޮށް ބެހެއްޓުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސްޓެލްކޯގެ އެމްޑީ ފަހުމީ ވެސް ވަނީ އެ ހަރަކާތް އެކުންފުނިން ކުރިޔަށް ގެންދާ މައިގަނޑު ސަބަބަކީ ވެސް މާލެ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުން ކަމަށް ވިދާޅުވެފައެވެ.
މި ހަރަކާތުގައި ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ކުންފުނީގެ އިސްވެެރިން ބައިވެރިވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ