ދުނިޔޭގެ ވިޔަފާރި ޖަމްއިއްޔާ (ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން) ގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް، އެމަޤާމުގައި މިހާރުވެސް ހުންނެވި ނައިޖީރިއާގެ އެންގޯޒީ އޮކޮންޖޯ-އިވެއާލާ ދެވަނަ ދައުރަކަށް އައްޔަންކުރުމަށް މެމްބަރު ޤައުމުތަކުން ނިންމައިފިއެވެ.
އޮކޮންޖޯ-އިވެއާލާ އަކީ ނައިޖީރިއާގެ ކުރީގެ މާލީ ވަޒީރެކެވެ. 2021 ވަނަ އަހަރު ޑަބްލިޔު.ޓީ.އޯ އާއި އެކަމަނާ ހަވާލުވިއިރު، އެއީ އެމަގާމާ ހަވާލުވި ފުރަތަމަ އަންހެން އަދި އެފްރިކާ ނަސްލުގެ ބޭފުޅާއެވެ. ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރައްވަމުން އެކަމަނާ ވިދާޅުވީ ދެވަނަ ދައުރަކަށް ކުރިމަތިލައްވަނީ "ނުނިމިހުރި މަސައްކަތްތައް ނިންމަން" ކަމަށެވެ.
އޮކޮންޖޯ-އިވެއާލާ އާއި ވާދައަށް އެހެން ކެންޑިޑޭޓަކު ކުރިމަތިލާފައެއް ނުވެއެވެ. އެހެންކަމުން ޑަބްލިޔު.ޓީ.އޯގެ މެމްބަރު 166 ގައުމުގެ އިއްތިފާގުން އެކަމަނާ އެ މަގާމަށް އަނެއްކާވެސް އައްޔަންކުރުމަށް ފާސްކުރިއެވެ.
ދެވަނަ ދައުރަކަށް ޑަބްލިޔު.ޓީ.އޯ އާއި އޮކޮންޖޯ-އިވެއާލާ ހަވާލުވެވަޑައިގަންނަވާއިރު އެކަމަނާގެ ދައުރާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ދައުރާއި ދިމާވާނެއެވެ. ޓްރަމްޕްގެ ބައިނަލްއަގްވާމީ ވިޔަފާރީގެ ސިޔާސަތުތަކާއި، ޑަބްލިޔު.ޓީ.އޯއާއެކު އޮންނަ ގުޅުންތައް ވެގެންދާނީ އެކަމަނާގެ ދެވަނަ ދައުރަށް ސަމާލުކަން އިތުރުވެގެންދާނެ ސަބަބުތަކަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ