ބިރު ދެއްކުމުގެ ގޮތުން ތަހުގީގަށް ގެންދިއުމުގެ ސަގާފަތް އަލުން ފެށިއްޖެ ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިފަދައިން ވިދާޅުވެފައި މިވަނީ، އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެއް ފުލުހަށް ހާޒިރުވާން އަންގާފައި ވާތީ އެކަމާއި ގުޅިގެންނެވެ. ސޯޝަލް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ އެކްސްގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގީ ހުސައިން ޝާފިއު (ތުއްތު) އެވެ. ހާޒިރުވާން އަންގާފައި ވަނީ މާދަމާ މެންދުރު 13:00އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވާށެވެ.
އެކަމާއި ގުޅިގެން ޝާހިދު އެކްސްގައި ވިދާޅުވީ މި ސަރުކާރުގެ އަނިޔާވެރިކަމާއި، ޚުދުމުހުތާރުކަން އިންތިހާއަށް ގޮސްފައިވާކަން މިހާރު ފެންނަމުންދާ ކަމަށެވެ.
ޝާހިދު ވަނީ ސޯޝަލް މީޑިއާގައި ޝާފިއު ފާޅުކުރި ހިޔާލަކާއި ގުޅިގެން އޭނާ އަށް ފުލުހުން ޗިޓު ފޮނުވާފައިވާ ކަމަށާއި އަދި ގައްދޫ ކައުންސިލް ރައީސް މުހަންމަދު އަހުމަދު ވަޓްސްއަޕް ގުރޫޕެއްގައި ފާޅުކުރެއްވި ޝުޢޫރަކާއި ގުޅިގެން ފިޔަވަޅު އަޅަން އެލްޖީއޭ އިން އަންގާފައިވާކަން ފާހަގަކުރައްވައިފައެވެ.
"ބިރުދައްކަން ތަޙްޤީގަށް ގެންދިޔުމުގެ ސަގާފަތް އަލުން ފެށިއްޖެ. ދިވެހި ރައްޔިތުންގެ އަނގަމަތީ ގައި މަލަންއަޅައި ބަންދެއްނުކުރެވޭނެ. ރައްޔިތުންގެ ޙައްޤުގައި ވަކާލާތު ކުރުމުގައި އެމްޑީޕީ ފަހަތަކަށް ނުޖެހޭނެ" ޝާހިދު ވިދާޅުވިއެވެ.
ޝާފިއު އަށް ފުލުނުން ފޮނުވި ޗިޓުގައި ވަނީ އޭނާ ހާޒިރުކުރަނީ ހަޑި ހުތުރު ބަސް ބޭނުންކޮށް 'ބިރުވެރިކަން އުފެދޭ ގޮތަށް' އެކްސްގައި ކުރި ޕޯސްޓަކާއި ގުޅިގެން ކަމަށް ބުނެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ