ދުނިޔޭގެ އެންމެ ބޮޑެތި ބޭންކުތަކުގެ ތެރޭގައި ހިމެނޭ އެޗް.އެސް.ބީ.ސީ އިން ޗައިނާގައި ކުރަމުންދާ ކްރެޑިޓް ކާޑުގެ ވިޔަފާރި ހުއްޓާލަން ނިންމައިފިއެވެ.
އެ ބެންކުން މިހާރު އައު ކާޑު ދޫކުރުން ހުއްޓާލާފައިވާއިރު، ޗައިނާގައި ކުރަމުންދާ ކްރެޑިޓް ކާޑު ވިޔަފާރި ވައިންޑް-ޑައުން ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ކްރެޑިޓް ކާޑުގެ ބާޒާރަށް އެޗް.އެސް.ބީ.ސީއިން ޗައިނާގައި ވަތްތަނާ އަށް އަހަރު ފަހުން އެ ވިޔަފާރިން ނުކުންނަން ނިންމީ ފައިދާ ކުޑަމުވުމުންނާއި، ވިޔަފާރި އިތުރަށް ފުޅާކުރުމަށް ހުރި ގޮންޖެހުންތަކުގެ ސަބަބުންނެވެ.
ދެހާސްސޯޅަ ވަނަ އަހަރު މި ޚިދުމަތް ފެށިއިރު ވަރަށް ބާރަށް ވިޔަފާރި ކުރިއެރިއެވެ. ކްރެޑިޓް ކާޑުގެ ޚިދުމަތް ފެށިތާ ފުރަތަމަ 18 މަސް ދުވަސް ނިމުނު އިރު، އައުޓްސްޓޭންޑިންގ ބެލެންސްގެ އަދަދު 500 މިލިއަން އެމެރިކާ ޑޮލަރަށް އެރިއެވެ. ޗައިނާގެ ކްރެޑިޓް ކާޑު ސެގްމަންޓް ވިއްކާލަން ވެސް އެޗް.އެސް.ބީ.ސީއިން މަސައްކަތްކުރިއެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
އޭޝިއާއަކީ އެޗް.އެސް.ބީ.ސީގެ ޓާގެޓް މާކެޓަކަށްވިޔަސް، ޗައިނާގައި ބެންކުގެ ވިޔަފާރި ފުޅާކުރަން އެޗް.އެސް.ބީ.ސީއަށް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. ކޮވިޑް-19 އާއި ގުޅިގެން އޭރު އައި ހީނަރުކަމަށްފަހު، ޗައިނާގެ ޑޮމެސްޓިކް މާކެޓް ވަރަށް ބާރު ސްޕީޑްގައި ކުރިއަރައިގެން ދިޔުމަކީ އެޗް.އެސް.ބީ.ސީފަދަ ބޭރު ބޭންކުތަކަށް ޗައިނާގެ ބޭންކުގެ ތަކާއި އެއްހަމައެއްގައި ފައިހަމަކުރަން ދަތިވި ސަބަބަކަށް ވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ