ޗައިނާގެ އީކޮމަރސް ޕްލެޓްފޯމް ޓޭމޫއިން އަޅު މަސައްކަތްކުރުވާކަމުގެ ތުހުމަތުތަކާ އެކު، އެކުންފުނީގެ މައްސަލަ ބަލަން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއިން ފަށައިފިއެވެ.
ޗައިނާގެ ބައިމަދު އުއިގަރ މުސްލިމު ދަރިކޮޅުގެ މީހުންނާމެދު އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހިންގުން ހުއްޓުވުމަށް އެމެރިކާއިން ފާސްކޮށްފައިވާ ގާނޫނުގެ ދަށުން މިމައްސަލަ ބަލަންފަށާއިރު، ޓޭމޫއިން މުވައްޒަފުން ލައްވާ އަޅު މަސައްކަތް ކުރުވާކަމަށް އެމެރިކާއަށް ފެނިއްޖެ ހިނދެއްގައި އެކުންފުނީގެ މުދާ އެމެރިކާއަށް އެތެރެކުރުން މަނާކުރެވޭނެއެވެ. ޓޭމޫ ކުންފުނިން އިންތިހާއަށް އަގުހެޔޮކޮށް އެކުންފުނީގެ އުފެއްދުންތައް ވިއްކަނީ މުވައްޒަފުން ލައްވާ އަޅު މަސައްކަތް ކުރުވައިގެން ކަމަށް މީގެ ކުރިން ވެސް ތުހުމަތު ކުރެވުނެވެ. އަދި މީގެ އިތުރުން ޓޭމޫގެ އެޕް ބޭނުންކުރާ މީހުންގެ މައުލޫމާތު ހޯދައި، އެ މައުލޫމާތު ޗައިނާގެ ސަރުކާރާއި އެކުންފުނން ހިއްސާކުރާ ކަމަށް ވެސް އެމެރިކާއިން ތުހުމަތުކުރެއެވެ. ހަމައެއާއެކު، ޓޭމޫއިން ތަކެތީގެ އަގު އެހާބޮޑަށް ވައްޓާލާފައިވާތީ، ވާދަވެރި ވިޔަފާރީގެ މާހައުލަކަށް ހުރަސް އެޅޭކަމަށްވެސް އެމެރިކާއިން ބުނެއެވެ.
އެމެރިކާގެ ރައީސްކަމުގެ ޓްރަމްޕް ހުންނެވިއިރު ކޮންގްރެސްއިން ފާސްކޮށް، ބައިޑެންގެ ވެރިކަމުގައި ތަންފީޒުކުރަން ފެށި އުއިގަރ މުސްލިމު ދަރިކޮޅުގެ މީހުންނާމެދު އިންސާނިއްޔަތާއި ޚިލާފު އަމަލުތައް ހިންގުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޝިންޖިއާންގައި މުސްލިމުން ލައްވާ ގަދަކަމުން މަސައްކަތް ކުރުވައިގެން އުފައްދާ މުދާ އެމެރިކާއަށް އެތެރެކުރުމަކީ މަނާކަމެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ