ކުރިއަށް އޮތް 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭ ގޮތުން ޚިޔާލު ހުށަހަޅަން ސިންގަޕޫރު ރައްޔިތުންނަށް އެގައުމު ސަރުކާރުން ހުޅުވާލައިފިއެވެ.
މިއަދުން ފެށިގެން ޖެނުއަރީ 12 ވަނަ ދުވަހުގެ ނިޔަލަށް، 6 ހަފްތާއެއްގެ މުއްދަތު ޚިޔާލު ހުށަހަޅަން ދީފައިވެއެވެ. އާއްމުންނާއި، ޖަމްއިއްޔާތަކާއި ކުންފުނިތަކަށްވެސް ޚިޔާލު ހުށަހެޅޭނެއެވެ. އެގޮތުން ޚިޔާލު ހުށަހަޅަން ހުޅުވާލާފައިވާ މައިގަނޑު ދާއިރާތަކަކީ، ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކުރުން، އެންމެން ގުޅިގެން ސިންގަޕޫރުތަރައްގީކުރުން، ހުނަރު ތަރައްގީކުރުމުގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތައް އަދި ސިންގަޕޫރުގެ ހުރިހާ އުމުރުފުރައަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ޚިޔާލު ހޯދުމާއި، އެހެނިހެން ކަންކަމަށްފަހު ބަޖެޓް ހުށަހަޅާނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
މިއަދު ސިންގަޕޫރުގެ މާލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރަކީ ސިންގަޕޫރުގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުކަމަށާއި، އެހެންކަމުން މިއީ ސިންގަޕޫރު އެ ފަލްސަފާތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަމާއިމެދު ފުންކޮށް ވިސްނާލައި، ގަބޫލުކުރާ ހަމަތަކާއި މެދުވެސް ވިސްނާލަން ލިބޭ ފުރުސަތުތެއްކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ