ދެކުނު ކޮރެއާގެ ވައިގެ ދިފާޢީ ސަރަހައްދުގެ ގޮތުގައި ބަލާ ސަރަހައްދަށް ޗައިނާއާއި ރަޝިޔާގެ އަސްކަރީ ޖެޓްތަކުން މިދިޔަ ހަފްތާ ބަންދުގައި ވަނުމާ ގުޅިގެން ދެކުނު ކޮރެއާގެ ޖެޓްތަކެއްވެސް އެދިމާއަށް އުދުއްސާލިކަމަށް ދެކުނު ކޮރެއާއިން ބުނެފިއެވެ.
ދެކުނު ކޮރެއާގެ ދިފާޢީ ވައިގެ ސަރަހައްދަކީ އެގައުމުގެ ރަސްމީ ވައިގެ ސަރަހައްދަށްވުރެ ފުޅާކޮށް އެގައުމުން ބަލަހައްޓާ ވައިގެ ސަރަހައްދެކެވެ. ބައެއް ގައުމުތަކުން ސަލާމަތީ ސަބަބުތަކަށްޓަކައި އެ ގައުމުތަކުގެ ވައިގެ ސަރަހައްދަށްވުރެ ފުޅާ ސަރަހައްދެއް މިގޮތަށް ކަނޑައަޅައިގެން ޕެޓްރޯލްކުރެއެވެ. ނަމަވެސް މިއީ އެއްވެސް ބައިނަލްއަގްވާމީ ގާނޫނަކުން ނުވަތަ މުއާހަދާއަކުން އުސޫލުތަކެއް ކަނޑައަޅާފައި އޮންނަ ކަމެއް ނޫނެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ހުކުރު ދުވަހު ޗައިނާގެ ވައިގެ ފަސް އުޅަނދާއި ރަޝިޔާގެ ހަ އުޅަނދު، ދެކުނު ކޮރެއާގެ ވައިގެ ދިފާޢީ ސަރަހައްދަށް ވަދެފައިވެއެވެ. މި ޖެޓްތައް ވަދެފައިވަނީ އިރުމަތީ ކަނޑާ ދިމާލުންނާއި، ދެކުނުކަނޑާ ދިމާލުން، ހެނދުނު 9:30 އާއި މެންދުރުފަހު 2:00 އާ ދެމެދުގައެވެ.
މި ޖެޓްތައް ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ވަދެފައިނުވާކަމަށާއި، ދެކުނު ކޮރެއާގެ ޖެޓްތައް އެސަރަހައްދަށް ފޮނުވީ ޖެޓްތަކުގެ ބޭނުމެއް ޖެހިދާނެ ޙާލަތަކަށް ތައްޔާރުވުމުގެ ގޮތުންކަމަށް، އިތުރު ތަފްސީލަކާއި ނުލައި ދެކުނު ކޮރެއާއިން ބުންޏެވެ.
ޗައިނާގެ އަސްކަރިއްޔާއިން ވަނީ އެ ގައުމުން ސްޓްރެޓީޖިކް ޕެޓްރޯލްތަކެއް އެސަރަހައްދުގައި ކުރިއަށްދިޔަކަމަށް ބުނެފައެވެ. ދެހާސްނަވާރަ ވަނަ އަހަރުން ފެށިގެން ޗައިނާއާއި ރަޝިޔާގެ ޖެޓްތަކުން މި ސަރަހައްދުގައި ކުރިން އެންގުމަކާ ނުލައި ޕެޓްރޯލްކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ