ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބަލި މީހަކަށް ކުރި ހަރަދުތައް ހާމަ ކުރުމުން އެ އިދާރާއަށް އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމުން މައާފަށް އެދިއްޖެއެވެ.
އެންސްޕާ އިން މައާފަށް އެދުނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ ބަލި މީހަކަށް މިހާރު ލިބެމުން އަންނަ އެހީއާ ގުޅޭ ގޮތުން އެމީހާގެ އާއިލާ އިން ކަންބޮޑުވުންފާޅު ކުރުމުން، އެކަމަށް ރައްދު ދިނުމުގެ ގޮތުން އެ އިދާރާ އިން ހާމަކުރި މައުލޫމާތުތަކަށެވެ.
އެންސްޕާ އިން ވަނީ އެ ބަލި މީހާ އަށް މިދިޔަ އަހަރުން ފެށިގެން ދޫކުރި ފައިސާގެ ތަފްސީލުތައް ހާމަ ކޮށްފައެވެ. އަދި ބަލިމީހާގެ އާއިލާ އިން ސޯޝަލް މީޑިއާގައި ހާމަކުރި މައުލޫމާތަކީ ދޮގު މައުލޫމާތުތަކެއް ކަމަށް ބުނެ ބަޔާނެއް ނެރުނެވެ.
އެ ބަޔާނަށް އާއްމުންގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި އެ ފާޑު ކިޔުންތަކާއި ގުޅިގެން އެންސްޕާ އިން ވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ވެސް އެ ބަޔާން ނަގައިފައެވެ.
އަދި ބަލިމީހާ އަށް ދިން އެހީގެ މައުލޫމާތު ހާމަ ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ގަބޫލުކޮށް އެ އިދާރާ އިން ވަނީ މައާފަށް އެދި ނޫސް ބަޔާނެއް ނެރެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ