ގަލޮޅު ސަހަރާގައި މަސައްކަތެއް ކުރުމަށްޓަކައި އެ ސަހަރާގެ ވަކި ސަރަހައްދަކުން ގަބުރުތަކެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގަލޮޅު ސަހަރާގައި ކުރަމުން ގެންދާ މަސައްކަތްތަކަކާއި ގުޅިގެން، އެ ސަހަރާގެ ހުޅަނގު އުތުރު ފަރާތު ސަރަހައްދާއި އިރު ދެކުނު ފަރާތު ސަރަހައްދުގައި ހުރި ގަބުރު ކަށިތައް (މިނި ކަށިތައް) ނަގަން ބޭނުންވާ ކަމަށެވެ. އެހެންކަމުން، އެ ސަރަހައްދުތަކުގައި ހުރި މަހާނަ ގާތައް ނަގަން ބޭނުންވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
"ވީމާ މި ދެންނެވި ސަރަހައްދުތަކުގައި ހުރި މަހާނަ ގާތައް ޖަހާފައިވާ ފަރާތްތަކުން އެ ގާތައް ނަގައިގެން ގެންދަން ބޭނުންވާނަމަ އެފަދަ ފަރާތްތަކުން، އި އިދާރާއާ ގުޅިގެން، 15 ޑިސެމްބަރ 2024 ގެ ކުރިން އެ މަހާނަ ގާތައް ނަގައިގެން ގެންދިއުމަށާއި އެ މުއްދަތުގައި ނުގެންދާ މަހާނަ ގާތައް މި އިދާރާގެ ފަރާތުން ނެގުމަށްފަހު އެ ގާތައް ނައްތާލެވޭނެ ވާހަކަ އަންގާ އިއުލާނު ކުރީމެވެ،" މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
ގަލޮޅު ސަހަރާގައި މަސައްކަތެއް ކުރުމަށް އެ ސަހަރާގެ ވަކި ސަރަހައްދަކުން ގަބުރުތަކެއް ނެގުމަށް މާލެ ސިޓީ ކައުންސިލުން ނިންމިއިރު މާފަންނު ސަހަރާގެ ހުރިހާ މަހާނަ ގާތަކާއި މިނި ކަށިތައް ނަގައި އެތަން ހުސް ކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ