އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނެވި ސަފީރު މުނޫ މަހާވަރުގެ ދައުރު ހަމަވެ، އެގައުމުން ރާއްޖެއަށް އައު ސަފީރަކު އައްޔަން ކުރައްވަން ނިންމަވައިފިއެވެ.
އެގޮތުން އިންޑިއާ އިން އައްޔަން ކުރައްވަން ނިންމަވާފައި ވަނީ ޖީ. ބަލަސުބްރަމާނިއަން ނަމަކަށް ކިޔުއްވާ ބޭފުޅެކެވެ. ބަލަސުބްރަމާނިއަމަކީ މި ވަގުތު އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރެވެ.
މިހާރު ހުންނެވި ސަފީރު، މުނޫ މަހާވަރު ރާއްޖޭގެ ސަފީރަކަށް އިންޑިއާ އިން ކަނޑައަޅުއްވާ، އައްޔަން ކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 2021ވަނަ އަހަރުއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖެއާ އިންޑިއާގެ ގުޅުން ގޯސްވެފައި އޮތްއިރު މުނޫ މަހާވަރު ވަނީ އެ ގުޅުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ