ބިދޭސީންތަކަކަށް ލިބެންޖެހޭ މުސާރަ ނުދީގެން، އެމީހުން ހިތްހަމަ ނުޖެހުން ފާޅުކޮށްފިއެވެ.
ފުލުހުން ބުނީ، އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ އަށް ނިސްބަތްވާ 38 މީހުންނާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 17 މީހުން ކަމަށެވެ.
އެމީހުން ހިތްހަމަނުޖެހުން ފާޅު ކުރަން ދިޔައީ، ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު މުލީއާގެ ކައިރިއަށެވެ. އެ ހިސާބަށް އެމީހުން ދިއުމުން ފުލުހުން އެ ސަރަހައްދަށް ގޮސް އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
އެ ބިދޭސީންނަށް މުސާރަ ނުދީގެން އުޅެނީ ކޮން ކުންފުންޏަކުން ކަމެއް ނޭނގެއެވެ. ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން އުޅޭއިރު އެމީހުންނަށް ލިބެންޖެހޭ އުޖޫރަ ބައެއް ފަރާތްތަކުން ނުދޭ މައްސަލަ އަކީ ދޭތެރެ ދޭތެރެއިން ކުރިމަތިވާ މައްސަލައެކެވެ.
ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތަކެއް ރާއްޖޭގައި އުޅޭއިރު މީގެތެރެއިން ބައެއް ބިދޭސީންނަކީ ސައްހަ ވިސާއެއް ނެތި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބައެކެވެ. އެފަދަ މީހުންނަށް އަމާޒުކޮށް ހާއްސަ ޓާސްކް ފޯސްއެއް އެކުލަވާލައި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އަދި އެފަދަ އެތައް ބަޔަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ