އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މޮބިލިޓީ އަދި އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރަން ޖަޕާނު ސަރުކާރުން ބޮޑު އެހީއެއް ދީފިއެވެ.
އެގޮތުން ޖަޕާނުން ވަނީ 300 މިލިއަން ޖަޕަނީސް ޔެން (2.1 މިލިއަން ޑޮލަރު)ގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި ރާއްޖެއާއެކު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ހަލީލެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ.
ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އޭސީސީގެ މޮބިލިޓީ އިންފްރާސްޓްރަކްޗާ އިތުރުކޮށްގެން އޭސީސީގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި އެހީގެ ސަބަބުން އޭސީސީއަށް ކޮރަޕްޝަންގެ ތުހުމަތުތަކަށް ހަރުދަނާ ގޮތެއްގައި އިޖާބަދީ، ޖިއޮގްރަފީ ގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ތަހުގީގުތައް ކުރިއަށް ގެންދެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ހަލީލް ވަނީ ކޮރަޕްޝަން ހުއްޓުވުމަށާއި ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމުގައި އެ ޕްރޮގްރާމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެ ޕްރޮގްރާމަކީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ދެފުށް ފެންނަ، ޒިންމާދާރު ސަރުކާރެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ރާއްޖޭގެ މުއައްސަސާތައް ހަރުދަނާ ކުރުމަށް ޖަޕާނު ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ