މަނީލޯންޑަރިން އާއި ދެކޮޅަށް މަސައްކަތްކުރުމަށް ހަދާފައިވާ ގާނޫނުތަކާ އެއްގޮތަށް އަމަލުނުކުރުމުގެ ސަބަބުން ސްރީލަންކާގައި ހިންގާ ޗައިނާ އަދި ޕާކިސްތާނުގެ ބައެއް ބޭންކުތައް ޖޫރިމަނާކޮށްފިއެވެ.
ފައިނޭންޝަލް ޓްރާންސެކްޝަން ރިޕޯޓިންގ އެކްޓާއި ޚިލާފުވެގެން ޖޫރިމަނާކޮށްފައި ވަނީ އެމްސީބީ ބޭންކް ޕާކިސްތާނާއި، ބޭންކް އޮފް ޗައިނާއެވެ. އެ ދެ ބެންކުވެސް އެއް މިލިއަން ސްރީލަންކަން ރުޕީޒްއިން ޖޫރިމަނާކުރުމަށް ލަންކާގެ މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓުން ވަނީ ނިންމާފައެވެ.
މި ދެ ބޭންކުގެ އިތުރުންވެސް ޗައިނާ އަދި ޕާކިސްތާނަށް ނިސްބަތްވާ ބޭންކުތަކުން ބޭރު ޓްރާންސެކްޝަންތައް ހެދުމުގައި ގަވާއިދާއި ޚިލާފުވެގެން އެކަން ލަންކާގެ މަރުކަޒީ ބޭންކުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ކަޅުފައިސާ ދޮވުމުގައި ބައިވިރިވާކަމުގެ ތުހުމަތާ އެކު 2020 ވަނަ އަހަރު ފަރަންސޭސީ ވިލާތުން ވެސް ބޭންކް އޮފް ޗައިނާއާ ދެކޮޅަށް ފިޔަވަޅު އަޅާފައިވެއެވެ.
މިއަހަރުގެ ޖުލައި މަހު މެލޭޝިއާއިން ވެސް ވަނީ ހަމަ އެ ބޭންކު 20،000 ޑޮލަރުން ޖޫރިމަނާކޮށްފައެވެ. އެއީ ހުއްދަ ނުހޯދާ ވިޔަފާރީގެ މުއާމަލާތްތަކެއް ހިންގުމާ ގުޅިގެންނެވެ. ޕާކިސްތާނާއި ޗައިނާގެ ބޭންކުތަކަކީ މަނީ ލޯންޑަރިންގ ފަދަ މައްސަލަތަކުގައި އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުގެ ލޯތައް އަބަދުވެސް އަމާޒުވެފައި އޮންނަ ބޭންކުތަކެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ