އިންޑިއާ ސިފައިންނާއި މެލޭޝިއާ ސިފައިން ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައްކަމަށްވާ ހަރިމާއޫ ޝަކްތީގެ ހަތަރުވަނަ ބުރު ފެށިގެން ކުރިއަށް އެބަދެއެވެ.
ޑިސެމްބަރ 2 އިން 15 އަށް މި ތަމްރީންތައް ކުރިއަށްދަނީ މެލޭޝިއާގެ ޕަހަންގް ގައެވެ. މެލޭޝިއާގެ ޑިފެންސް މިނިސްޓްރީއިން ބުނީ މިއީ ދެގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ބަދަހިކޮށް، ސަރަހައްދީ ސަލާމަތާ ރައްކާތެރިކަމުގައި ދެގައުމު ގުޅިގެން މަސައްކަތްކުރުމަށް ފަރިތަކުރުމަށް ބާއްވާ ތަމްރީންތަކެއް ކަމަށެވެ.
މިއަހަރުގެ ތަމްރީންތަކުގައި ޖަންގަލީގައި ހަނގުރާމަކުރުމުގެ އުކުޅުތަކަށް ޚާއްސަ އިސްކަމެއް ދެއެވެ .ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ތަމްރީންތަކުގެ ފުރަތަމަ ބައިގައި އޮންނަނީ ލެކްޗަރތަކާއި ދެ އަސްކަރިއްޔާގެ ގާބިލްކަން އެއްބަޔަކު އަނެއް ބަޔަކާއި ހިއްސާކުރުމެވެ. އަދި ދެވަނަ ބައިގައި އޮންނާނީ ލައިވް-ފަޔަރ އަސްކަރީ ތަމްރީންތަކެވެ.
މި ތަމްރީންތަކުގައި ބައިވެރިވާ އިންޑިއާގެ ކޮންޓިންޖެންޓްގައި 78 ސިފައިން ތިބިއިރު، މެލޭޝިއާ ކޮންޓިންޖެންޓުގައި ތިބީ 123 ސިފައިންނެވެ. މި ތަމްރީންތަކުގެ 3 ވަނަ ބުރު މިދިޔަ އަހަރު ބާއްވާފައިވަނީ އިންޑިއާގެ މެގަލާޔާގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ