މިއަދަކީ ދިވެހި މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މާދަމާ ފާހަގަ ކުރާ މަސްވެރިންގެ ދުވަހާ ދިމާކޮށް، މަސް ކިރާތާ 48 ގަޑިއިރު ތެރޭގައި މަސްދޯނިތަކަށް ފައިސާ ދޫކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އިއުލާން ކުރައްވައިފައެވެ. މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެހެންނަމަވެސް ފާއިތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެ ވައުދު ނުފުއްދުމުގެ ސަބަބުން މަސްވެރިންގެ ފަރާތުން ސަރުކާރަށް ދިޔައީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
މިނިސްޓަރު ޝިޔާމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވަމުން ކަމަށެވެ. މަސްވެރިންގެ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކުރައްވާ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް މަސްކިރާތާ 48 ގަޑިއިރުތެރޭ މަސްވެރިންނަށް ފައިސާ ލިބޭގޮތަށް މިއަދު ހަމަޖެއްސެވިކަމީ މަސްވެެރިންގެ ކަންކަމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތު ދައްކުވައިދޭ އަލިގަދަ ހެއްކެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި "ބެކްލޮގް" އެއް ދެން ނޯންނާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ގޮތަށް މަސްކިރާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރެވޭ ގޮތަށް ނިންމީ ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއާ އެކު އިއްޔެ ވެނުނު އެއްބަސްވުމަކުން ކަމަށެވެ.
އެހެންކަމުން ރައީސް ވަނީ އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް ފައިސާ ނުދެވި ލަސްވެ، ބެކްލޮގެއް ނުއުފެދޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި