ތައިލޭންޑުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމަށް ފުއާދު ތައުފީގު އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
އެ މަގާމަށް ފުއާދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ.
މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ފުއާދު އެ މަގާމަށް އައްޔަން ކުރުމަށް ފާސް ކޮށްފައި ވަނީ 58 މެންބަރުންގެ ވޯޓުންނެވެ.
ފުއާދު ތައުފީގަކީ މިދިޔަ މަހުގެ 23ވަނަ ދުވަހާއި ހަމައަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ. އޭނާގެ މަގާމުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.
މީގެއިތުރުން އެންއައިސީގެ މެންބަރަކަށް އިންޝާ ފައިސަލް އައްޔަނު ކުރަން ވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އޭނާ ވެސް އެ މަގާމަށް އައްޔަން ކުރުމަށް ފާސް ކޮށްފައި ވަނީ 58 މެންބަރުންގެ ވޯޓުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ