ދިވެހި ރައްޔިތަކަށް ލިބެމުން އަންނަ އެއްވެސް އިނާޔަތެއް އަދި ޕެންޝަނެއް ނުކަނޑާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހުރާ އަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތަކަށް މާރު ކުރުމާއި ގުޅޭ ގޮތުން ވާހަކަދެއްކެވެވިއެވެ.
އެގޮތުން މިހާރު މަރުކަޒީ ބޭންކް އެމްއެމްއޭ އިން ތައްޔާރުކޮށްފައިވާ ބިލެއް މަޖިލީހަށް ހުށަހަޅާފައި ވާނެ ކަމަށާއި އެ ބިލު ފާސްވެގެން ދިއުމުން ބޭންކުތަކަށް ޑޮލަރު ލިބޭ ނިސްބަތް އިތުރުވެގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ވެސް ފައިދާ ވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެފަދަ ކަންކަން ސަރުކާރުން ކުރައްވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށް، މުއްސަނދިކަން އިތުރު ކުރުމަށްޓަކައި ކަމަށެވެ.
"އަޅުގަނޑުމެން ދެމުންދާ އެއްވެސް ސަބްސިޑީއެއް ނުކަނޑާނަން. އެއްވެސް ލިބެމުންދާ އެއްވެސް ޕެންޝަނެއް އިނާޔަތެއް އުންޏެއް ނުކުރާނަން. އޭގެ ބަދަލުގައި މި ދެންނެވި ފަދަ ފިޔަވަޅުތައް އަޅައިގެން މުއްސަނދިކަން ހޯދައިދެއްވާނީ،" ރައީސް ވިދާޅުވިއެވެ.
ޕޭ ހާމަނައިޒޭޝަން ޕޮލިސީގެ ތެރެއިން އަންނަ އަހަރު ސިވިލް ސާވަންޓުންނާއި ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 2026ގައި ދެން ހުރި މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިޔަށް ގެންދަވާނީ އެފަދައިން ކަމަށާއި އެންމެ އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމަށް ނުވަތަ ގެދޮރުވެރިކަމުގެ ދާއިރާ އަށް ކަމަށް ވިދާޅުވިއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް