އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގައި އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ޕޮލިސް އެކަޑަމީގެ މަރާމާތަށް އިންޑިއާ ސަރުކާރުން އެހީތެރިކަން ދީފިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަރާމާތައް އިންޑިއާ އިން ވަނީ 8.5 މިލިއަން ރުފިޔާ ދީފައެވެ. އެކަން ހާމަ ކުރެއްވީ ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ. އެމަނިކުފާނު އެފަދައިން ވިދާޅުވީ 37ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ބައިވެރީން ދަސްވެނިވުމަށް ރޭ އައްޑޫ ސިޓީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އިންޑިއާގެ ނޭޝަނަލް ޕޮލިސް އެކަޑަމީގެ ޑިރެކްޓާ އަމިތް ގާގް ވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތު އިހުސާން ވަނީ އިންޑިއާ އިން ދިން އެ އެހީތެރިކަމަށްޓަކައި ޝުކުރު އަދާ ކުރައްވައިފައެވެ.
އަދި އެ އެހީގެ ސަބަބުން ހާމަވެގެން ދަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ނުވަތަ ޕޮލިސް އެކަޑަމީ ހުޅުވާފައި ވަނީ 2022ވަނަ އަހަރުގެ މާޗު މަހުގެ 27ވަނަ ދުވަހުއެވެ.
ޕޮލިސް އެކަޑަމީ އައްޑޫގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. މަޝްރޫއު ނިމުނުއިރު 300 މިލިއަން ޑޮލަރު ހަރަދުވިއެވެ. މި އެކަޑަމީގައި އެއް ފަހަރާ 340 މީހުން ތަމްރީން ކުރެވޭނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ