ޗައިނާގެ ސަތޭކަޔާ ގާތްކުރާ އަދަދެއްގެ އަސްކަރީ އުޅަނދު ފަހަރުން ޓައިވާން ވަށައިގެންވާ ސަރަހައްދުތަކަށް ޖަމާވެ، އަސްކަރީ ތަމްރީނުތަކެއް ހެދުމަށް ތައްޔާރުވުމާ އެކު، ޓައިވާން އެލާޓަށް އަތުވެއްޖެއެވެ.
ޓައިވާން ކައިރީގައި ޗައިނާއިން އަސްކަރީ ތަމްރީނުތަކެއް ހެދުމަށް ތައްޔާރުވަމުން މި އަންނަނީ ޓައިވާނުގެ ރައީސް، ޕެސިފިކް ސަރަހައްދުގައި ހިމެނޭ ޓައިވާނުގެ މިނިވަންކަން ގަބޫލުކުރާ ގައުމުތަކަށް ކުރި ދަތުރުފުޅަށްފަހުއެވެ. މި ދަތުރުފުޅުގައި ޓައިވާނުގެ ރައީސް ވަނީ އެމެރިކާގެ ގުއާމް އަދި ހަވާއީގައި ޓްރާންސިޓް ކުރައްވާފައެވެ.
އެމެރިކާ ފަސްގަނޑުގައި ޓްރާންސިޓްކުރައްވަމުން އޭނާ ވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާއި ފޯނުން ގުޅުއްވައި މަޝްވަރާކުރައްވާފައެވެ. ޗައިނާއިން ވަނީ ޓައިވާނާއި ޗައިނާއާ ދެމެދު އޮންނަ ވައިގެ ސަރަހައްދު ވެސް މިއަދު ބަންދުކޮށްފައެވެ. އަދި އެކި ދިމަދިމާލުން ޓައިވާން ވަށާލައިގެން ތިބެ، އަސްކަރީ ތަމްރީނުތަކެއް ހެދުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މި ލަޝްކަރުގައި ގިނައިން ތިބީ ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކެވެ. އަދި ކޮންމެވެސް ވަރަކަށް ޗައިނާ ކޯސްޓްގާޑުގެ އުޅަނދުތައް ހިމެނެއެވެ. ޗައިނާގެ އުޅަނދުފަހަރު ޓައިވާން ކަނޑޮއޮޅު ކައިރިންނާނާއި ހުޅަނގު ޕެސިފިކް ސަރަހައްދުން ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް ޓައިވާނުގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ